ބޮޑުއަގުގައި ގެނައި ކުޅުންތެރިން އެނދުމަތިވެފައި ސްލޮޓް މާޔޫސްވެއްޖެ
މިހާރު
30 ޑިސެމްބަރު 2025 | އަންގާރަ | 1:01
ލިވަޕޫލުން ބޮޑުއަގުގައި ގެނައި ކުޅުންތެރިންނަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާ ހެދި، ކޯޗު އާނެ ސްލޮޓް މާޔޫސްވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ދެ ކްލަބެއްގެ ދެމެދުގައި ކުރި އެންމެ އަގުބޮޑު ޓްރާންސްފާގެ މުއާމަލަތުގެ ގޮތުގައި ނިއުކާސަލުން ލިވަޕޫލަށް ބަދަލުވި އެލެގްޒެންޑާ އިސާކް ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.
އޭނާ އެކަންޏެއް ވެސް ނޫނެވެ. މި ސީޒަނުގައި އެ ޓީމުން ސޮއި ކުރުވި މައި ބެކް ޖިއޮވަނީ ލިއޯނީ، ލިވަޕޫލްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި އަނިޔާ ވެއްޖެ އެވެ. އޭނާ އަށް ކުރިމަތިވި އަނިޔާއާ ގުޅިގެން އޭނާ އަށް ސީޒަން ވަނީ ނިމިފަ އެވެ. ޖެރްމީ ފްރިމްޕޮން ލިވަޕޫލަށް ބަދަލުވެ ކުޅެވުނީ އެންމެ ފަސް މެޗުގަ އެވެ. ދެން ވީ އަނިޔާ އެވެ.