ދެކުނު އޭޝިއާގެ ސުޕަ ކަޕް 2026 ގައި ވެސް ބާއްވާން ލަންކާއިން އިއުލާން ކޮށްފި
މިހާރު
30 ޑިސެމްބަރު 2025 | އަންގާރަ | 2:48
ސްރީ ލަންކާގައި މިއަހަރު ބާއްވަން ފެށި ސައުތު އޭޝިއަން ސުޕަ ކަޕް އަންނަ އަހަރު ވެސް ބާއްވާނެ ކަމަށާއި، އަދި ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ދިވެހިރާއްޖެ މި މުބާރާތުގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
"ލަންކާ އާއި ދިވެހިރާއްޖެ ކުޅޭނެ. ދެން އިތުރު ގައުމަކާއެކު ސުޕަ ކަޕް ކުޅެން ރާވާފައިވާނީ. ފަހަރުގައި އިތުރު ގައުމަކާއެކު ހަތަރު ގައުމުގެ މުބާރާތަކަށް ވެސް ވެދާނެ. މުބާރާތް ކުޅޭނީ ލަންކާގައި،" ލަންކާ އެސޯސިއޭޝަންގެ ރައީސް ޖަސްވަރު އުމަރާ ހަވާލާދީ ޕީއެސްއެމް އިން ހާމަކޮށްފައިވެ އެވެ.
މި އަހަރު ހަތަރު ގައުމުގެ މެދުގައި ބާއްވާ ގޮތަށް ހަމަޖެހުނު މި މުބާރާތް ފަށަން ތައްޔާރުވީ ބޫޓާނޭވެސް އެކު އެވެ. ނަމަވެސް ބޫޓާން ޓީމަށް ދަތުރު ނުކުރެވުމުގެ ސަބަބުން ތަށި ދިނީ ލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު ދެ މެޗު ކުޅެގެން އެގްރިގޭޓް ނަތީޖާއަށް ބަލައިގެންނެވެ.