ކުށްކުރާ ކުޑަކުދިން ހުޅުމާލެ 2 ގައި ވަރަށް ގިނަ: ޕޮލިސް
މިހާރު
30 ޑިސެމްބަރު 2025 | އަންގާރަ | 2:21
ކުށްކުރާ 300 އަށް ވުރެ ގިނަ ކުޑަކުދިންގެ މައުލޫމާތު ފުލުހުން ވަނީ އެއްކޮށްފައި.
ހުޅުމާލެ 2 ގައި ކުށްކުރާ ކުޑަކުދިންގެ އަދަދު ވަރަށް ގިނަ ކަމަށާއި އެ ކުދިންނާ ގުޅޭ ކަންކަމަށް ކޮންމެ ދުވަހަކު އެޓެންޑު ވާންޖެހޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު ވިދާޅުވީ ކުށްކުރާ ކުޑަކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމަކީ ފުލުހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ފުލުހުން ވަރަށް ގިނައިން އެކަމަށް އެޓެންޑް ކުރަން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިން ކުށްކުރުމާ ދުރުކުރަން ބެލެނިވެރިންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.