ސިވިލް ސާވިސްއިން ރިޓަޔާވުމަށް ފަހު އަލުން ވަޒީފާ އަށް ނުކުންނަ ނަމަ ޕެންޝަން ފައިސާ ދިނުން ހުއްޓާލައިފި
މިހާރު
30 ޑިސެމްބަރު 2025 | އަންގާރަ | 2:04
ސިވިލް ސާވިސްގެ ވަޒީފާއިން ރިޓާޔާ ކުރުމަށް ފަހު، އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާ ނަމަ އެ މީހުންނަށް ދެމުން އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ގެނައި އިސްލާހުގައިވާ ގޮތުގައި ވަޒީފާ އިން މުސްކުޅި ކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ ނަމަ އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ މީހަކަށް މުސްކުޅި ކުރުމުގެ އިނާޔަތެއް ނުލިބޭނެ އެވެ.
ގަވައިދަށް ގެނައި އާ ބަދަލުގައިވާ ގޮތުން ކުރިން ލިބެމުން އައި މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ ފަހުން އަދާކުރާ ވަޒީފާ އިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.