ފަޔާވޯކްސްއާ އެކު މާދަމާ ރޭ ހުޅުމާލޭގައި ޑްރޯން ޝޯއެއް
މިހާރު
30 ޑިސެމްބަރު 2025 | އަންގާރަ | 3:28
އާ އަހަރު ފެށުން ފާހަގަކުރުމަށް މާދަމާ ރޭ ފަޔާ ވޯކްސްއާ އެކު ޑްރޯން ޝޯއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން މިއަދު ބުނެފި އެވެ.
"މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ނަމުގައި އާ އަހަރު ފެށުމަށް ތިން ދުވަހަށް ކުރިއަށް ގެންދަން ނިންމައި އެކަން އިއުލާން ކުރީ އިއްޔެ އެވެ.
ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ޑްރޯން ޝޯ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.