މީޑިއާތަކަށް ފައިސާ ދޫކުރުމުގައި ޔޫތު މިނިސްޓްރީން އަދާކުރާނީ މެދުވެރިއެއްގެ ދައުރު: މިނިސްޓަރު

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 3:36

މީޑިއާތަކަށް ފައިސާ ދޫކުރުމުގައި ޔޫތު މިނިސްޓްރީގެ އެއްވެސް ދައުރެއް މިހާރު ނޯންނާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާތާ އަހަރު ދުވަސްވެފައިވާ ހުރިހާ މީޑިއާއަކަށް ވެސް އެހީ ދިނުން ހިމެނޭ ގޮތަށް މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް މިދިޔަ ހަފުތާގައި އާންމުކުރި އެވެ.

އެ ބަދަލާއެކު 41 މީޑިއާއެއް މާލީ އެހީއަށް ޝަރުތު ހަމަވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ. އެ ފައިސާ މީޑިއާތަކަށް ދޫކުރުމުގެ ކަންކަން ޔޫތު މިނިސްޓްރީ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މައުޟޫޢުތަށް