ހުޅުމާލޭގައި އަލަށް ހުޅުވާ ސްކޫލުގެ ވަށައިގެން އޮންނަ މަގުތަކުން ވެހިކަލް ދުއްވޭނީ އެއްކޮޅަށް

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 4:46

މި އަންނަ ދިރާސީ އާ އަހަރާ އެކު، ހުޅުމާލޭގައި އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލް ހުންނަ ބްލޮކުގެ ވަށައިގެން އޮންނަ މަގުތަކުން އެއްކޮޅަށް ވެހިކަލް ދުއްވޭ ގޮތަށް މިއަދު ބަދަލުކޮށްފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ޝަހީދު އަލީ ސްކޫލް ވަށައިގެން އޮންނަ މަގުތައް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭ 2 ގައި ހިޔާ ފްލެޓުގެ 15 އަދި 16 ވަނަ ޓަވަރު ކައިރީގައި އިމާރާތް ކޮށްފައިވާ ޝަހީދު އަލީ ސްކޫލް ވަށައިގެން އޮންނަ (ބެރެބެދިމާ ހިނގުން ގޯޅި 1 އަދި 2) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

މައުޟޫޢުތަށް