ސަނީގެ މައްޗަށް ކުރާ ކުޑަކުދިންނަށް ޖިންސީ ގޯނާގެ ތަހުގީގަށް ކުރިއެރުންތައް ލިބޭ: ޕޮލިސް

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 5:47

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުރި ޑރ. ސަނީ އުމަރާ ގުޅޭ ތަހުގީގަށް ކުރިއެރުންތައް ލިބެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާ ބޮޑު ތަފްސީލެއް ނުދީ، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ތަހުގީގަށް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހި ގޮތަށް އޭނާ އަދި ވެސް ހުރީ ބަންދުގައި ކަމަށް ވިދާޅުވި އެވެ.

އެ ބަންދުގެ މުއްދަތުގެ އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.

މައުޟޫޢުތަށް