އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފި
މިހާރު
30 ޑިސެމްބަރު 2025 | އަންގާރަ | 5:06
އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން އެ ޕާޓީން ހުޅުވާލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުރި އިއުލާނުގައިވާ ގޮތުން އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެވޭނީ އިއުލާނު ކުރި ތާރީހާ ހަމައަށް އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި މެންބަރުންނަށެވެ. ނަމަވެސް ރައީސްކަމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުރުތަކުގެ ތެރޭގައި، އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި ދެ އަހަރު ދުވަހު އުޅެ، ޕާޓީގެ އުސޫލުތަކަށް ހޭނުން ހިމަނާފައި ވެ އެވެ.
އަދާލަތުގެ ރައީސްކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އިއުލާނުގައިވާ ގޮތުން އަންނަ ޖެނުއަރީ 8 ގަ އެވެ.