ކުދި ވިޔަފާރިތަކަށް ކުނި އުކައިދޭ އަގަށް ފެބްރުއަރީ 1 އިން ފެށިގެން ވެމްކޯއިން ލުއި ދެނީ
މިހާރު
30 ޑިސެމްބަރު 2025 | އަންގާރަ | 8:01
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުނި އުކައިދިނުމަށް ނަގާ ފީއަށް، އަންނަ ފެބްރުއަރީ މަހުން ފެށިގެން ލުއި ދޭން ނިންމާފައިވާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ގައި ބޭއްވި ބައްދަލުވުމުގައި، ބައެއް ވިޔަފާރިވެރިން ވަނީ، ކުނި އުކަން ވެމްކޯ އިން ނަގާ ފީ ބޮޑުކަމުގެ ޝަކުވާ ހިއްސާކޮށްފަ އެވެ. އެ މީހުން އެދުނީ ބޮޑެތި އަދި ކުދި ވިޔަފާރިތައް ވަކިކޮށް، ކުނި އުކައިދޭ އަގަށް ބަދަލު ގެނެސްދިނުމަށެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ދުވަހުގެ ބައްދަލުވުމުގައި ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް، ކުނި އުކައި ދިނުމަށް ކުދި ވިޔަފާރިތަކުން ނަގާ ފީ އަށް، އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލުއި ދޭން ނިންމާފައިވާ ކަމަށެވެ.