ޗައިނާގެ ހިލޭ އެހީގައި ހުޅުމާލޭގައި ހަދާ ނާސަރީ އަށް ބޭނުންވާ ބިން ހަވާލުކޮށްފި

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 8:01

ޗައިނާގެ ހިލޭ އެހީގައި ހުޅުމާލެ 2 ގައި ހަދާ ނާސަރީ އަށް ބޭނުންވާ ބިން އެޗްޑީސީން އެ ގައުމުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޗައިނާގެ ހިލޭ އެހީގައި ހުޅުމާލެ 2 ގައި ހަދާ "ގްރީން ނާސަރީ"އަށް ބޭނުންވާ ބިން ޗައިނާ ހާބާ އިންޖީނިއަރިން ކޮމްޕެނީ ލިމިޑެޓް (ސީއެޗްއީސީ)އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށެވެ.

މިއީ ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

މައުޟޫޢުތަށް