އަހަރުގެ އެންމެ ހިނގި އާޓިކަލް: ރާޅުމަރިޔަނބުގެ ގެއަށް ދިއުން

މިހާރު

1 ޖެނުއަރީ 2026 | ބުރާސްފަތި | 9:04

ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އޭނާގެ ސޯޝަލް މީޑީއާގައި ލިއުނީ ސީރިއަސް ވާހަކަތަކެކެވެ. ދަރިއަކަށް އޭނާ އިހުމާލުވި ކަމަށް ބުނެ ފެމިލީ މިނިސްޓްރީގެ ޓީމެއް އެ ގެއަށް ގޮސް ކަން ކުރި ގޮތެވެ. ދަރިއަކު ވެސް ނެތް އަދި ކައިވެންޏެއް ނުކުރާ މައީޝާއާ އަށް މިނިސްޓްރީގެ އެ ތުހުމަތުވީ ވަރަށް ބޮޑު މައްސަލައަކަށެވެ.

އެ ޕޯސްޓު ފެނުމާ އެކު "މިހާރު"ގެ ޒުވާން ނޫސްވެރިޔާ އިފްރާޒް އަލީ އެ މައްސަލަ ކަވަރުކުރީ، ކުޑަކުދިންނަށް ކުރާ އަނިޔާ އާއި އިހުމާލަކީ "މިހާރު" ން ސީރިއަސް އިސްކަމެއް ދީގެން ކަވަރުކުރާ މައްސަލަތަކަކަށް ވާތީ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 23 ގައި "މިހާރު" ގައި ޝާއިއުކުރި އެ ޚަބަރު ވެގެން ދިޔައީ، އަހަރު ތެރޭގައި އެންމެ ހިނގި އާޓިކަލް އަށެވެ. ޚަބަރު ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ސަމާލުކަން އެ މައްސަލައަށް ހުއްޓުނެވެ.

މައުޟޫޢުތަށް