ގަވާއިދާ ހިލާފަށް އޮންލައިން ކޯސްތައް ހިންގާ މައްސަލަ ބޮޑު، ސަނަދު ގަބޫލެއް ނުކުރާނަން: އެމްކިއުއޭ

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 10:21

ހުއްދަ ދީފައިވާ ގޮތާއި ހިލާފަށް އޮންލައިން ޕްރޮގްރާމްތައް ނުވަތަ ކޯސްތައް ހިންގާ މައްސަލަ ބޮޑުވެފައިވާ ކަމަށާއި އެގޮތަށް ހިންގާ ކޯސްތަކުގެ ސަނަދު ގަބޫލުނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްތަކަށް އެ އޮތޯރިޓީން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުއްދަ ދީފައިވާ ގޮތާއި ހިލާފަށް ބައެއް މަރުކަޒުތަކުން އޮންލައިންކޮށް ކޯސްތައް ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްތަކަށް ހިންގާ ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގުމަށް މަޝްވަރާތައް ކުރަމުންދިޔަ ނަމަވެސް، އެއްވެސް ޕްރޮގްރާމެއް އޮންލައިންކޮށް ހިންގުމަށް މިހާތަނަށް އެ އޮތޯރިޓީން ހުއްދަ ދީފައި ނުވާނެ ކަމަށް ނޫސްބަޔާނުގައި ބުންޏެވެ.

މައުޟޫޢުތަށް