"ސްޓްރޭންޗާ ތިންގްސް"ގެ ފައިނަލް އެޕިސޯޑު މާދަމާ
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 6:59
ނެޓްފްލިކްސް އެންމެ ކާމިޔާބު ސީރީޒް "ސްޓްރޭންޗާ ތިންގްސް" ގެ ފައިނަލް އެޕިސޯޑް މާދަމާ ސްޓްރީމް ކުރަން ފެށުމުގެ ކުރިން ފަހު ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
މިނިޓަކާއި 21 ސިކުންތުގެ އެ ޓްރެއިލާގައި ވަނީ ކުރީގެ ސީޒަންތަކުގެ ބައެއް އުސްއަލިތަކާ އެކު، ފަހު އެޕިސޯޑުގެ ބައެއް މަންޒަރުތައް ހިމަނައިފަ އެވެ.
"ސްޓްރޭންޗާ ތިންގްސް"ގެ އެންމެ ފަހު ސީޒަންގެ ފުރަތަމަ ހަތަރު އެޕިސޯޑް މިދިޔަ މަހު 26 އިން ފެށިގެން ސްޓްރީމް ކުރަމުން އަންނައިރު، ފަހެއް، ހައެއް އަދި ހަ ވަނަ އެޕިސޯޑް މި މަހު 25 އިން ފެށިގެން އަންނަނީ ސްޓްރީމް ކުރަމުންނެވެ.