ދިގު އިންތިޒާރަކަށް ފަހު ތަނަވަސް، ޒަމާނީ ޓާމިނަލެއް ލިބުނު އަހަރެއް
މިހާރު
1 ޖެނުއަރީ 2026 | ބުރާސްފަތި | 1:59
ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ ދުނިޔެ އަށް މަޝްހޫރު މުޅި ރާއްޖޭގެ އިގުތިސާދުގެ މައި ތަނބު ކަމަށް ވިޔަސް މައި އެއާޕޯޓު ތަރައްގީ ސުމެކެވެ. ޕީކް ސީޒަނުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތޮއްޖެހި، ކުރިމަތިވާ ބޮޑެތި ހުރަސްތަކާ ހެދި އެ ތަނުގެ ބޭނުން އެންމެ ރަނގަޅަކަށް ނުހިފުނެވެ.
އެކަމަކު، އެ ވާހަކަ ދައްކަމުންދާތާ 10 ވަރަކަށް އަހަރު ވީއިރު މާ ބޮޑު ނަތީޖާއެއް ނުފެނުނަސް މިދިޔަ އަހަރު އަހަރެމެން ނިންމާލީ ތާރީހު ބަދަލުކޮށްލައިފަ އެވެ. ވީއައިއޭ ބޮޑުކޮށް، އެންމެ ޒަމާނީ ފެންވަރުގެ ޓާމިނަލެއް ހަދަން މީގެ 12 ވަރަކަށް އަހަރު ކުރިން ފެށި ބިޔަ މަސައްކަތް އެއްކޮށް ނިންމާލައި މިދިޔަ ޖުލައި 26 ވަނަ ދުވަހު އެ ޓާމިނަލް ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފެށި އެވެ.
އެއީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށްޓަކައި މިދިޔަ އަހަރު ނިންމި އެންމެ ބޮޑު އަދި އެންމެ ބޭނުންތެރި ޕްރޮޖެކްޓެވެ. މިއަދާ ހަމައަށް 41 އެއާލައިނަކުން އަންނަނީ އެ ޗާލު ޓާމިނަލް ބޭނުންކުރަމުންނެވެ.