ސައުދީން ދިފައިވާ މުހުލަތަށް ޔަމަނުގައި ތިބި ޔޫއޭއީ ސިފައިން ގެންދަނީ
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 7:04
ސައުދީ އަރަބިއްޔާ އިން ދީފައިވާ 24 ގަޑިއިރުގެ މުހުމަތުގެ ތެރޭގައި، ޔަމަނުގައި ގާއިމުވެ ތިބި، ޔޫއޭއީގެ ސިފައިން އަނބުރާ ގެންދަން ނިންމައިފި އެވެ.
ޔަމަނުގެ ދެކުނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ)ގެ ހަނގުރާމަވެރިން ވަނީ ޔަމަނުގެ އިތުރު ސަރަހައްދުތައް ހިފުމަށް މަސައްކަތް ފަށައިފަ އެވެ.
އެސްޓީސީން މި މަހުގެ ތެރޭގައި ވަނީ ޔަމަނުގެ ދެކުނުގެ ބޮޑު ބައެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ހަލްރަމައުތާއި އަލް މަހްރާ ހިމެނެ އެވެ.