ފުލުގައި އޮތް ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރި ނޭރިފަ

މިހާރު

31 ޑިސެމްބަރު 2025 | ބުދަ | 10:18

ލީގުގެ ފުލުގައި އޮތް ވުލްވްސްއާ 1-1 އިން އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑް އަނެއްކާ ވެސް ގަދަ ހަތަރަކަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ފުރަތަމަ ހާފުގެ 27 ވަނަ މިނިޓިގައި ޔުނައިޓެޑް ވަނީ ޔޯޝުއާ ޒާކްޒީގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް ހާފުގެ ފަހު މިނިޓުގައި ލަޑީސްލާވް ކްރޭއިސީ ވަނީ ވުލްވްސް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ޔުނައިޓެޑް ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އެއީ މިދިޔަ ހަފްތާ ނިއުކާސަލް ޔުނައިޓެޑް އަތުން ހޯދި މޮޅާއި، މި މަހުގެ ކުރީކޮޅު ވުލްވްސް އަތުން ހޯދި މޮޅެވެ. ބާކީ ތިން މެޗުގެ ތެރެއިން ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މައުޟޫޢުތަށް