އެފްއައިޔޫގެ އިސްވެރިޔާ ސާޖިދު ސަސްޕެންޑު ކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައެއްގައި!
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 10:00
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ހެޑް އިސްމާއިލް ސާޖިދު ސަސްޕެންޑް ކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަން އެނގިއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑްކުރީ އެ ޑިޕާޓްމަންޓުގެ އަންހެން މުވައްޒަފަކު އެފަދަ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ބަލަން ފެށުމާ ގުޅިގެންނެވެ.
އޭނާ ރޭ "މިހާރު" އަށް ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަގާމުން ސަސްޕެންޑު ކޮށްފައިވާކަން އެންގީ ކުއްލި ގޮތަކަށް ކަމަށެވެ. ނަމަވެސް، އެކަން އަންގައި އެމްއެމްއޭ އިން ފޮނުވި ސިޓީގައި ހުރި ތަފުސީލު ހާމަކުރެއްވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.