ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ފަލަމަސްގަނޑާ ހަމައަށް ހެދުން ބަހައްޓަން ޖެހޭ ގޮތަށް ހަދައިފި

މިހާރު

31 ޑިސެމްބަރު 2025 | ބުދަ | 11:02

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު، ހެދުން އަޅަން ޖެހޭ ގޮތަށް ބަދަލެއް ގެނެސް، ފަލަމަސްގަނޑާ ހަމައަށް ހެދުން ބެހެއްޓުން ލާޒިމްކޮށް، ގަވާއިދު އިސްލާހުކޮށްފި އެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް ގެނައި އެ ބަދަލުގައި ވަނީ ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތްތައް ވަކިވަކިން ފާހަގަކޮށްފަ އެވެ.

އާ ގަވާއިދުގައިވާ ގޮތުން ރަސްމީ މަސައްކަތަށް އަންހެން މުވައްޒަފުން ނުކުންނަ އިރު ލާން ޖެހޭނީ، ފޫކޮޅު ނިވާވެ، ދެ އިންޗި އަށް ވުރެ ކުރު ނޫން ހެދުމެކެވެ. އާއްމުންނަށް ހިދުމަތް ދޭން އޮފީހަށް ނުކުންނައިރު، އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ނުވަތަ ހަށިގަނޑު ނިވާ ނުވާ ގޮތަށް ހެދުން ނޭޅޭނެ ކަަމަށް އެ އިސްލާހުގައި ވެ އެވެ.

މައުޟޫޢުތަށް