މަންޑޭއަށް 390 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް، "އިބްރަތަކަށް ވާވަރުގެ އަދަބެއް ދޭންޖެހޭ"
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 12:07
މިއީ ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމް. އެ މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ އެހެން މީހުންނަށް އިބްރަތަކަށް ވާ ވަރުގެ އަދަބެއް އެ މައްސަލާގައި ދޭންޖެހޭނެ ކަމަށް
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) 390 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކޭ ޕާކް ތަރައްގީކުރާ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ދައުވާ 50 އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ކުރިއިރު އޭގެ ތެރެއިން 94 ދައުވާއެއް މަންޑޭގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.