ޖެނުއަރީ 31 ގެ ކުރިން ކްލިނިކުތަކަށް އާސަންދަ ދީ ނިންމަނީ
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 10:47
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ބޭއްވެވި އެކި ބައްދަލުވުންތަކުގައި ބައިވެރިވި މީހުން އެދުނު ގޮތަށް، ކްލިނިކްތަކުން އާސަންދަ ލިބޭނެ ގޮތް އަވަސް ކުރުމުގެ ކަންކަން ފަށާފައިވާ ކަމަށް އެންސްޕާ އިން ރޭ ބުނެފި އެވެ.
އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި އެންމެ ގިނަ ބަޔަކު ޝަކުވާ ކުރި ކަންތައްތަކުގެ ތެރޭގައި ބޭސްފަރުވާގެ ނިޒާމާއި އާސަންދައިގެ މައްސަލަތަކާ ގުޅޭ ކަންކަން ހިމެނެ އެވެ.
އެގޮތުން ބައެއް މީހުން ވަނީ އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެޕޮއިންޓްމަންޓް ލިބުން ލަސްވުމާއި ކިޔު ދިގުވުމުގެ ޝަކުވާ އަދި އާސަންދަ ނުދޭ ކްލިނިކްތަކަށް އާސަންދަ ދިނުމަށް ވެސް އެދިފަ އެވެ.