ދެކުނަށް ވިއްސާރަ ވިޔަސް، އެހެން ހިސާބުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 12:06
މީލާދީ އާ އަހަރު ފުރުން މިރޭ ފާހަގަކުރާއިރު، މިރޭ ދަންވަރު މާލެ ސަރަހައްދަށް ވިއްސާރަ ކުރާނެ ކަމަށް ލަފައެއް ނުކުރެވޭ. ނަމަވެސް، އުޑުމަތި ބަނަވާނެ ކަމަށް މޫސުމީ ލަފާކުރުންތަކުން ދައްކާ.
ރާއްޖޭގެ ދެކުނުގެ ރަށްރަށަށް މިއަދު ވިއްސާރަ ކުރިޔަސް، އެހެން ހިސާބުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ ދެކުނަށް މޫސުން ގޯސް ކަމަށެވެ. ދެކުނުގެ ރަށްރަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ ހިސާބުގެ ރަށްރަށަށް މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.