އާ އަހަރު ފެށުން ފާހަގަކުރަން މިރޭ ޕައިރޯ ޑްރޯން ޝޯއެއް، 600 ޑްރޯން ބޭނުން ކުރޭ
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 2:20
އާ އަހަރު ފެށުން ފާހަގަކުރުމަށް މިރޭ ބާއްވަން ނިންމާފައި ވަނީ ޕައިރޯ ޑްރޯން ޝޯއެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ މިރޭ 9:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ ޑްރޯން ޝޯ 15 މިނިޓަށް އޮންނާނެ ކަމަށެވެ.
ޑްރޯން ޝޯގައި ދައްކުވާ ދޭނީ، ދިވެހި ކުޑަކުއްޖެއްގެ ވާހަކަ އެވެ. ދިވެހިވަންތަ އަދި ރާއްޖޭގެ ތަރައްގީއާ ގުޅުވައިގެން އެ ވާހަކަ ކިޔައި ދިނުމުގައި 75 ޕައިރޯޑްރޯން ބޭނުން ކުރެ އެވެ. ޖުމުލަ 600 ޑްރޯން ބޭނުންކޮށްގެން އެ ޝޯ ކުރިއަށް ގެންދަނީ ސެންޓްރަލް ޕާކު ސަރަހައްދުގަ އެވެ. އާންމުކޮށް ބޭނުންކުރާ ޑްރޯން އާއި ޕައިރޯޑްރޯންގެ ތަފާތަކީ، އެ ޑްރޯންތަކުން ހަވާގެ ކުޅިވަރުތައް ވެސް ފެންނާނެ އެވެ.