ތަފާތު ޑްރޯން ޝޯއަކާއި ހަވާއާ އެކު އާ އަހަރަށް މަރުހަބާ ކިޔައިފި

މިހާރު

1 ޖެނުއަރީ 2026 | ބުރާސްފަތި | 12:41

ޕައިރޯ ޑްރޯން ޝޯއަކާއި ހަވާ އެރުވުމާ އެކު، ރާއްޖެއިން 2026 އަށް މަރުހަބާ ކިޔައިފި އެވެ.

އާ އަހަރު ފެށުން ފާހަގަކުރުމުގެ ހަރަކާތްތައް ވަނީ ޑިސެމްބަރު މަހުގެ 30 ގައި ފަށައިފަ އެވެ. މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ ނަމުގައި ސެންޓްރަލް ޕާކުގައި ފަށާފައިވާ އެ ހަރަކާތް އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު ތަފާތު އެކި ކެއުންތައް ރަހަ ބަލާލުމަށް އެ ސަރަހައްދުގައި ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ.

އެ ހަރަކާތުގެ ތެރެއިން މިރޭ 9:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވަނީ ޑްރޯން ޝޯއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތް 15 މިނެޓަށް ދެމިގެން ދިޔަ އެވެ. އަދި ދަންވަރު 12 ޖެހުމާ އެކު، 2026 އަށް މަރުހަބާ ކިޔަން ފަސް މިނިޓަށް ހަވާ އެރުވި އެވެ. އެ ހަރަކާތްތައް ބަލަން ވަރަށް ގިނަ ބަޔަކު ސެންޓްރަލް ޕާކަށް ޖަމާވެ، ކެމެރާތަކަށް މަންޒަރު ރައްކާކުރި އެވެ.

މައުޟޫޢުތަށް