ވެލާނާ އެއާޕޯޓުގައި އިމިގްރޭޝަންގެ 10 އީ-ގޭޓު ބޭނުން ކުރަން ފަށައިފި
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 3:38
އިމިގްރޭޝަނުން ދިވެހިންނަށް ހާއްސަކޮށް އިމިގްރޭޝަން ކްލިއަރެންސަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި 10 އީ ގޭޓު ބޭނުން ކުރަން ފަށައިފި އެވެ.
އެ އީ ގޭޓުތައް ހުޅުއްވައި ދެއްވީ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު އެވެ.
ކިއުގައި ޖެހިގެން ތިބޭ ވަގުތު ކުޑަކުރުމުގެ ގޮތުން އާ ޓާމިނަލްގައި 20 އީގޭޓު ހަރުކުރަން ވަނީ ނިންމައިފަ އެވެ. އެރައިވަލް އާއި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 އީގޭޓު ހަރުކުރާނެ އެވެ.