މަސައްކަތް ނުފަށާ ވޯޓުލާ ރަށް ބަދަލުކުރުން ގޯސް: އެމްޑީޕީ
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 4:38
އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ހިރިމަރަދޫ މީހުން ވޯޓުލާނެ އިންތިހާބީ ދާއިރާއަކީ ހދ. ހަނިމާދޫ ކަމަށް ނިންމެވި ނިންމުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުގައި ސިފަކޮށް އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އާބާދީ މަދުވުމުގެ ސަބަބުން ހިރިމަރަދޫ މީހުން ހަނިމާދު އަށް ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ބަދަލުކުރަން ނިންމަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރެއްވީ މިދިޔަ އޯގަސްޓް މަހު އެވެ.
އެކަމާ ގުޅިގެން ރައީސް އިއްޔެ ނެރުއްވި ގަރާރުގައި ވިދާޅުވީ ހިރިމަރަދުއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް މި ވަގުތައް ކަނޑައެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަނީ ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ މަރުހަލާގެ ތެރޭގައި ކަމަށް ވާތީ ކަމަށެވެ.