މި މަހު ފެށި އޮޕަރޭޝަނުގައި 96 މަސާޖު ޕާލާ ބަންދުކޮށްފި: ރައީސް

މިހާރު

31 ޑިސެމްބަރު 2025 | ބުދަ | 4:33

މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވަން ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް މި މަހު ނުވައެއްގައި ފެށި އޮޕަރޭޝަނުގައި މިހާތަނަށް 96 ތަނެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުންކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް މި މަހު ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.

"މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ ތަންތަނުގެ ބޭނުންހިފާ ފަރާތްތައް ތިބުމުން ކަމީ ހިތާމަޔާ އެކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް