ނައިފަރު ޝައިހު، އިސްލާމިކް މިނިސްޓްރީގެ ވާއިޒް މުޝާރިކުގެ މަގާމަށް
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 8:03
ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހޭލުންތެރި ކުރަން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) އިސްލާމިކް މިނިސްޓްރީގެ ވާއިޒް މުޝާރިކްގެ މަގާމަށް އައްޔަނުކޮށްފި އެވެ.
ވާއިޒް މުޝާރިކުންނަކީ އިސްލާމީ ވަހުދަތު ހިފެހެއްޓުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އައްޔަންކުރާ ބޭފުޅުންނަށް ކިޔާ ނަމެކެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެރްޓަރީ އަހުމަދު އަދީލް ވިދާޅުވީ ޝައިހް އެ މަގާމަށް ހަމަޖައްސަފާއި ވަނީ އިއްޔެ ކަމަށެވެ.