މާދަމާ އިން ފެށިގެން ތެލެސީމިއާ ބަލި މީހުންނަށް މަހަކު 2،000 ރުފިޔާ ދެނީ
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 6:39
މާދަމާ އިން ފެށިގެން ތެލެސީމިއާ ކުދިންނަށާއި މީހުންނަށް މަހަކު 2،000ރ. ލިބޭ އެލަވަންސެއް ތައާރަފް ކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މާދަމާއިން ފެށިގެން ކުރަން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އިބްރާހިމް ނާޒިމް ވިދާޅުވީ މާދަމާ އަކީ ރާއްޖެއަށް ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ.