ވިލުފުއްޓާއި ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ކުރިމަތިލާން ޖެނުއަރީ 11 ގައި ހުޅުވާލަނީ
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 7:33
ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ޖެނުއަރީ 11 ގައި ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން ވަކިވަކިން ކުރި ދެ އިއުލާނުގައި ބުނީ އެކަމަށް އެދި ކުރިމަތިލާން ޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ވިލުފުއްޓާއި ތުޅާދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމަށް އަންނަ މަހުގެ 11 ގައި ހުޅުވާލާނެ ކަމަށެވެ.