ޔާމީންގެ މަރު: ހައި ކޯޓުން ދޫކޮށްލި ދެ މީހުން އަލުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިހާރު

31 ޑިސެމްބަރު 2025 | ބުދަ | 7:10

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އުމުރަށް ޖަލަށްލި ދެ މީހުންގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކުރުމުން އެ މީހުން މިނިވަންވެފައިވަނިކޮށް އެ ދެ މީހުން އަލުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ޔާމީން މަރާލީ ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޭޕްރީލް، 2017 ގައި ތޫނު އެއްޗެހިން އޭނާއަށް ހަމަލާދީގެންނެވެ.

އެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

މައުޟޫޢުތަށް