ފިލިޕީންސްގައި ދިރިއުޅޭ ދިވެހިންގެ ބޭސްފަރުވާ އަށް މެރަނައިގެ ހިދުމަތް

މިހާރު

31 ޑިސެމްބަރު 2025 | ބުދަ | 10:08

ފިލިޕީންސްގައި ދިރިއުޅޭ ދިވެހިން އެ ގައުމުގައި ބޭސްފަރުވާ އަށް ކުރާ ހަރަދުގެ ބޮޑު ބައެއް މާދަމާއިން ފެށިގެން މެރަނަ ސްކީމުގެ ދަށުން ދިނުމަށް ނިންމައިފި އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ ހިދުމަތްތައް އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މެރަނަ ސްކީމުން ހިދުމަތް މިހާރު ދެނީ ސްރީ ލަންކާ، މެލޭޝިއާ އަދި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށެވެ.

މައުޟޫޢުތަށް