ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ދެ މީހަކަށް ބޮޑު ޖަލު ހުކުމެއް

މިހާރު

31 ޑިސެމްބަރު 2025 | ބުދަ | 10:13

ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2020 ވަނަ އަހަރު އެކި ދުވަސް މަތިން، އަންހެނަކާއި އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިއްކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއިލް ވަހީދާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޑިސެމްބަރު 30، 2020 ގައި ކަމަށެވެ.

އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ކުރި ޖުމްލަ 12 ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް