މަޝްރޫއުތަކަށް ޑިޔުޓީ މާފުކޮށްގެން ގެނެސް، އަނބުރާ ނުގެންދާ އުޅަނދުތައް ބޭނުންކުރުން ހުއްޓުވަން ފަށަނީ

މިހާރު

1 ޖެނުއަރީ 2026 | ބުރާސްފަތި | 12:22

ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހާއްސަ އުޅަނދުތަކަށް ޑިޔުޓީ މާފުކޮށްދީގެން ރާއްޖެއަށް އެތެރެކުރުމަށް ފަހު،، އަނބުރާ ނުގެންގޮސް، އެ އުޅަނދުތައް އެހެންކަންކަމުގައި ވިޔަފާރި އުސޫލުން ބޭނުންކުރުން މާދަމާއިން ފެށިގެން ހުއްޓުވާނެކަމުގެ އިންޒާރު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިރޭ ދީފި އެވެ.

މިދިޔަ މަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި، ބައެއް ވިޔަފާރިވެރިން ވަނީ، މަޝްރޫއުތަކަށް، ޑިޔުޓީ މާފުކޮށްދީގެން އެތެރެކުރާ އުޅަނދުތަކަކީ އެ މަޝްރޫއެއް ނިމުމުން އަނބުރާ ގެންދަންޖެހޭ އުޅަނދުތަކެއް ކަމަށްވިޔަސް، އެ އުޅަނދުތައް އަނބުރާ ނުގެންގޮސް، އެކި ފަރާތްތަކަށް ކުއްޔަށްދޭ ކަންބޮޑުވުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހިއްސާކޮށްފަ އެވެ.

އެކަމާ ގުޅިގެން، އެ ވިޔަފާރި ކުރާ ދިވެހި ކުންފުނިތަކަށް ވާދަވެރި މާހައުލެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ގެއްލޭކަމަށް ވިޔަފާރިވެރިން ބުންޏެވެ.

މައުޟޫޢުތަށް