އީރާންގައި މުޒާހަރާކުރާ މީހުންނަށް އިޒްރޭލުގެ ޖާސޫސީ އިދާރާއިން ހިތްވަރު ދެނީ
މިހާރު
31 ޑިސެމްބަރު 2025 | ބުދަ | 11:14
އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން މުޒާހަރާ ވަރުގަދަކުރުމަށް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ފާޅުގައި ގޮވާލައިފި އެވެ.
"އެންމެން އެކުގައި މަގުތަކަށް ނުކުމޭ. ވަގުތު ޖެހިއްޖެ. އަހަރެމެން މި ތިބީ އެކުގައި،" އެކްސްގައި ފާރްސީ ބަހުން މޮސާޑުން ކުރި ޕޯސްޓަކާ ހަވާލާދީ އިޒްރޭލުގެ އާމީ ރޭޑިއޯ އިން ބުންޏެވެ.
"މި ތިބީ ދުރަކު ނޫން އަދި މިއީ ހަމައެކަނި ބުނެލާ ބަހެއް ވެސް ނޫން. އަހަރެމެން މި ތިބީ މުޒާހަރާގައި ތިޔަ އެންމެންނާ އެކީ [ގްރައުންޑުގައި]."