ސަރުކާރުގެ މަޝްރޫއުތައް ބިޑަށް ހުޅުވާލާއިރު އެސްއެމްއީތަކަށް އިސްކަން ދޭން އުސޫލު އިސްލާހުކުރަނީ

މިހާރު

1 ޖެނުއަރީ 2026 | ބުރާސްފަތި | 12:14

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރެއިން މިހާރަށް ވުރެ ފަހި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ބޭއްވެވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ ސަރުކާރުގެ މަޝްރޫއުތައް ބީލަމަށް ހުޅުވާލާއިރު ބޮޑެތި ކުންފުނިތަކާ ވާދަކުރަންޖެހޭތީ، ކުދި ވިޔަފާރިތަކަށް ފުރުސަތު ގެއްލޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މައުޟޫޢުތަށް