ފިލްމު ޑައިރެކްޓަރު ނިމާލަށް ސްޓްރޯކެއް ޖެހި، އައިސީޔޫގައި ފަރުވާދެނީ
މިހާރު
1 ޖެނުއަރީ 2026 | ބުރާސްފަތި | 2:09
މަޝްހޫރު ދިވެހި ފިލްމު ޑިރެކްޓަރު އަހުމަދު ނިމާލަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ރޭ ފަރުވާދޭން ފަށައިފި އެވެ.
ނިމާލްގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ޑޮކްޓަރާ ހަވާލާދީ ބުނީ، ހާލު ވަރަށް ސީރިއަސް ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހުނީ މާލޭގައި ސައިކަލު ދުއްވާފައި ދަނިކޮށެވެ. ސްޓްރޯކް ޖެހުމާއެކު ސައިކަލު މަޑުކުރި ވަގުތު ބިންމައްޗަށް ވެއްޓުނުކަން އެނގިފައިވެ އެވެ.