ރައީސްގެ އާ އަހަރުގެ ހިތާބު: އެންމެ މުހިންމު އެއް ސިޔާސަތަކީ ވަފާތެރި، ގާބިލް ދިވެހިން ބިނާކުރުން
މިހާރު
1 ޖެނުއަރީ 2026 | ބުރާސްފަތި | 3:09
މިއަދު ފެށި 2026 ގައި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ގައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް އުފެއްދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާ އަހަރު ފެށުމުގެ ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ތަރައްގީ ވެފައިވާ ގައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅައިފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، 2026 އަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީ ގޮތުން 900 އަހަރު ފުރޭނެ އަހަރު ވެސް މެ އެވެ.