ބިދޭސީންގެ ދާއިމީ ކޯޓާ ދޫކުރުން އިތުރަށް ހަރުކަށިކޮށްފި
މިހާރު
1 ޖެނުއަރީ 2026 | ބުރާސްފަތި | 1:10
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ދާއިމީ ކޯޓާ ދޫކުރާއިރު ވޯކް ސައިޓު ރަޖިސްޓަރީ ކުރަން އިތުރު ޑޮކިއުމަންޓުތައް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ހަރުކަށިކޮށް، އަދި އެ ތަކެތި މި މަސް ނިމުމުގެ ކުރިން ހުށަނާޅާ ނަމަ އެ ސައިޓުތަކުގެ ހުއްދަ ސަސްޕެންޑު ކުރަން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ކޯޓާ ދޫކުރަނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކަމަށް ވާއިރު، އެ ބިދޭސީއަކު މަސައްކަތް ކުރާ "ވޯކް ސައިޓު" ރަޖިސްޓަރީ ކުރަންޖެހެ އެވެ.
ނަމަވެސް ހޯމް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ވޯކް ސައިޓު ރަޖިސްޓަރީ ކޮށްދޭނީ ނޮޓަރައިޒް ކޮށްފައިވާ "ވޯކް ސައިޓު ޑިކްލަރޭޝަން ފޯމު" އާއި އިގުރާރު ހުށަހެޅުމުން ކަމަށެވެ. އެ ފޯމާއި އިގުރާރު ވެސް އެކްސްޕެޓް ސިސްޓަމުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.