ހަތަރު އަހަރު ތެރޭ އުރަމަތީ ކެންސަރުގެ 4،800 އަށް ވުރެ ގިނަ ކޭސް ދެނެގަނެވުނު: އައިޖީއެމްއެޗް
މިހާރު
1 ޖެނުއަރީ 2026 | ބުރާސްފަތި | 6:06
އުރަމަތީގެ ކެންސަރު ޖެހިފައިވާ 4،800 އަށް ވުރެ ގިނަ މީހުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެނެގަނެވިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް، ސަރުކާރުގެ މައި ހޮސްޕިޓަލުން މިދިޔަ އަންގާރަ ދުވަހު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން އެޑްމިޓުނުކޮށް ހެދި ޓެސްޓުތަކުން އުރަމަތީ ކެންސަރުގެ 4،588 ކޭސް އަދި އެޑްމިޓްކޮށްގެން ހެދި ޓެސްޓުތަކުން 231 ކޭސް ވަނީ ދެނެގަނެވިފަ އެވެ.
ރާއްޖޭގައި އަދި މުޅި ދުނިޔޭގައި ވެސް އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރަކީ އުރަމަތީ ކެންސަރު ކަމަށް ވާއިރު އެ މައުލޫމާތުން ދައްކާ ގޮތުން ޖެނުއަރީ 1، 2022 އިން ފެށިގެން މިދިޔަ މަހުގެ 15 އާ ހަމައަށް 4،819 މީހުން ވަނީ އުރަމަތީގެ ކެންސަރަށް ޑައިގްނޯޒްކޮށްފަ އެވެ.