އަހަރުގެ ފުރަތަމަ ފަސިންޖަރަކަށް ޖަރުމަނުގެ ރައްޔިތެއް
މިހާރު
1 ޖެނުއަރީ 2026 | ބުރާސްފަތި | 1:24
ރާއްޖެ އައި މި އަހަރުގެ ފުރަތަމަ ފަސިންޖަރަކަށް ޖަރުމަނުގެ ޓޫރިސްޓަކު ވެއްޖެ އެވެ.
އެތިހާދު އެއާވޭސް އިން މިއަދު ހެނދުނު ރާއްޖެ އައި ފުރަތަމަ ފަސިންޖަރަކީ ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާ އެވެ. އުމުރުން 54 އަހަރުގެ އެ ޓޫރިސްޓު ރާއްޖެ އަށް ޒިޔާރަތްކުރީ އަންހެނުންނާ އެކުގަ އެވެ. އަދި އެއީ އެ ދެމަފިރިން ރާއްޖެ އަށް އައި ފުރަތަމަ ފަހަރެވެ.
އަހަރުގެ ފުރަތަމަ ފަސިންޖަރަށް މަރުހަބާ ކިއުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހާއްސަ ހަފުލާއެއް ވެސް ބޭއްވި އެވެ. ތޯމަސް އަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާ ވިދާޅުވީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގު އެވެ.