މަމްދާނީ ހަތިމުގައި އަތްލައި، ނިއު ޔޯކްގެ މޭޔަރުކަމުގެ ހުވާކުރައްވައިފި

މިހާރު

1 ޖެނުއަރީ 2026 | ބުރާސްފަތި | 2:52

އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމުގެ މަގާމަށް އިންތިހާބުވި ޒުވާން ކެންޑިޑޭޓް ޒަހްރާން މަމްދާނީ އާ އަހަރާ އެކު މަގާމުވެ ހުވާކުރައްވައި މަގާމުގެ ޒިންމާތައް އަދާކުރައްވަން ފައްޓަވައިފި އެވެ.

ނިއު ޔޯކަށް 2026 ވަނަ އަހަރު ފެށުނު ވަގުތު މަމްދާނީ މަގާމުގެ ހުވާކުރެއްވީ ސިޓީ ހޯލްގެ ދަށުގައި މިހާރު ބޭނުން ނުކޮށް ދޫކޮށްލާފައިވާ ސަބްވޭ ސްޓޮޕެއްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޝިއައީ މުސްލިމެއް ކަމަށްވާ، އުމުރުން 34 އަހަރުގެ މަމްދާނީ ހުވާކުރެއްވީ ގުރުއާން މުސްހަފެއްގައި އަތްތިލަ ބީއްސަވައިގެން ހުންނަވަ އެވެ. އެ މުސްހަފު ހިފަހައްޓަވައިގެން ހުންނެވީ އަނބިކަނބަލުން ރާމާ ދުވާޖީ އެވެ.

މައުޟޫޢުތަށް