ނިމާލް އައިޖީއެމްއެޗަށް ބަދަލުކޮށްފި، އަދިވެސް ހާލު ސީރިއަސް!
މިހާރު
1 ޖެނުއަރީ 2026 | ބުރާސްފަތި | 2:06
ސްޓްރޯކެއް ޖެހިގެން ރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި މަޝްހޫރު ފިލްމު ޑައިރެކްޓަރު އަހުމަދު ނިމާލް މިއަދު އައިޖީއެމްއެޗަށް ބަދަލުކޮށްފި އެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ، އުމުރުން 62 އަހަރުގެ ނިމާލް އައިޖީއެމްއެޗަށް ބަދަލުކުރި ނަމަވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ.
"ރޭ އޭޑީކޭ އަށް ގެންދިޔަ ގޮތަށް އިތުރު ބަދަލެއް އަދި ނާދޭ،" އޭނާ ބުންޏެވެ.