ކުޅިވަރު ދާއިރާގެ ޕްރޮޖެކްޓުތައް ސިފައިންގެ ވެލްފެއާ ކުންފުންޏަށް

މިހާރު

1 ޖެނުއަރީ 2026 | ބުރާސްފަތި | 6:11

އެކި ރަށްރަށުގައި ކުޅިވަރާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރަން ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ސްޕޯޓްސް މިނިސްޓްރީން ހަވާލުކޮށްފި އެވެ.

ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކޮށްދިނުމުގެ އެއްބަސްވުމުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހުމަދު ޒުބެއިރު އެވެ. ސްޕޯޓްސް މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝާން އަބްދުﷲ އެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން 17 ރަށެއްގައި 20 މަޝްރޫއެއް ސިވެކުން ނިންމައިދޭނެ އެވެ. ނަމަވެސް އެ މަޝްރޫއުތަކުގެ އަގެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

މައުޟޫޢުތަށް