މިހާރު ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ވެސް ރޭގަނޑު ފްލައިޓް ޖެއްސޭނެ

މިހާރު

1 ޖެނުއަރީ 2026 | ބުރާސްފަތި | 8:49

ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓުތައް ޖެއްސޭ ގޮތް ހަދައިފި އެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ށ. ފުނަދޫ އެއާޕޯޓުގައި ހަރުކުރި ލައިޓް ސިސްޓަމާ އެކު މިހާރު ވަނީ ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ހުރިހާ އެއާޕޯޓެއްގައި ވެސް އިންތިޒާމް ހަމަޖެހިފައި ކަމަށެވެ.

ރާއްޖޭގައި މި ވަގުތު ޑޮމެސްޓިކް 13 އެއާޕޯޓު ހިންގަ އެވެ. އަދި އިންޓަނޭޝަނަލް ފަސް އެއާޕޯޓާ އެކު، ޖުމްލަ 18 އެއާޕޯޓު އޮޕަރޭޓްކުރެ އެވެ.

މައުޟޫޢުތަށް