ހުއްދަ ނެތް ފަރާތްތަކުން ވީއައިއޭގައި ހިދުމަތް ނުދޭން އަންގައި، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފި

މިހާރު

1 ޖެނުއަރީ 2026 | ބުރާސްފަތި | 7:56

ހުއްދަ ނެތް ބައެއް ފަރާތްތަކުން ވެލާނާ އެއާޕޯޓުގައި ޑޮލަރާއި ސިމްކާޑު ވިއްކާ މައްސަލަ ފެންމަތިވެފައިވޭ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސިމް ކާޑު ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރި އާއި ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައި ވަނީ އެކަމާ ގުޅޭ ލައިސަންސް އޮންނަ އަދި އެމްއޭސީއެލްއާ އެކު އެއްބަސްވުމެއް ހަދާފައިވާ ބަޔަކަށް ކަމަށް ވާތީ، އެ ހިދުމަތްތައް ދިނުމުގެ ހުއްދަ ނެތް އެހެން ފަރާތްތަކުން އެއާޕޯޓުގައި އެކަން ކުރާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްއޭސީއެލް އިން މިއަދު ދީފި އެވެ.

އެމްއޭސީއެލްގެ ބެލުމުގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްގެ ބޭރުގައި ހުއްދަ ނެތް ބަޔަކު ޑޮލަރާއި ސިމް ކާޑު ވިއްކާ މައްސަލަ މީގެ ދުވަސްކޮޅެއް ކުރިން ވެސް ސަމާލުކަމަށް އައިސްފައި ވެ އެވެ.

މައުޟޫޢުތަށް