ހުކުރު ހުތުބާ ލިޔާނެ މައުޟޫއަށް އާންމުންގެ ހިޔާލު ހޯދަނީ

މިހާރު

2 ޖެނުއަރީ 2026 | ހުކުރު | 1:25

ހުކުރު ހުތުބާ ލިޔާނެ މައުޟޫއުތައް ހޯދަން އާންމުންގެ ހިޔާލަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ކުރު ހުތުބާ ލިޔާ މައުޟޫއުތަކާ މެދު ރައްޔިތުންގެ ހިޔާލު ބޭނުންވާ ކަމަށެވެ.

އެހެންވެ، މި ފެށުނު އާ އަހަރުގައި ހުތުބާ ލިޔުމަށް އާންމުން މައުޟޫއު ހުށަހަޅަން އެ މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ. ފޭސްބުކްގެ ޕޯސްޓަށް ކޮމެންޓްކޮށްގެން ހިޔާލުތައް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް