އިސްލާމީ މަރުކަޒު މަރާމާތުކުރަން މައުމޫން ފައުންޑޭޝަނުން އެހީވަނީ
މިހާރު
2 ޖެނުއަރީ 2026 | ހުކުރު | 2:25
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ބިނާކުރި މާލޭގެ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވައި، މަރާމާތު ކުރަން މައުމޫން ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މައުމޫން ފައުންޑޭޝަނުން ބުނި ގޮތުގައި އިސްލާމިކް މިނިސްޓްރީ އާއި މައުމޫން ފައުންޑޭޝަނާ ދެމެދު، އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި މައުމޫން ފައުންޑޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން، ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދެވެ.