ޕްރިމިއާ ލީގު: އާ އަހަރުގެ ފުރަތަމަ ރޭ ހުރިހާ މެޗެއް އެއްވަރު
މިހާރު
2 ޖެނުއަރީ 2026 | ހުކުރު | 3:25
ލަންޑަން (ޖެނުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި އާ އަހަރުގެ ފުރަތަމަ ރޭ ކުޅުނު ހަތަރު މެޗު ވެސް އެއްވަރު ވެގެން ނިމިއްޖެ އެވެ.
ހަތަރު މެޗުގެ ތެރެއިން ތިން މެޗު ލަނޑެއް ނުޖެހި އެއްވަރުވި އިރު، އަނެއް މެޗުން ފެނުނީ ދެ ގޯލެވެ.
ގޯލު ޖެހި ހަމައެކަނި މެޗުން، ކްރިސްޓަލް ޕެލަސް އާއި ފުލަމް އެއްވަރުވީ 1-1 އިންނެވެ. މި މެޗުގެ އިތުރު ވަގުތުގައި މުޅިން ހުސްކޮށް ހުރެ ފުލަމްގެ ކުޅުންތެރިއަކު ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލްކީޕަރު ޑީން ހެންޑަސަން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.