ހަނިމާދޫ އެއާޕޯޓު ހަދަންވީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް: ނަޝީދު
މިހާރު
2 ޖެނުއަރީ 2026 | ހުކުރު | 3:25
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހަދަންވީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި، އެ އެއާލައިނާ ގުޅިގެން އެ އެއާޕޯޓު ހިންގުމުން ދިވެހިންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.
"މުޅި ބޮޑު އުތުރުގެ ތަރައްގީއަށް ފަހިވާނެ،" ނަޝީދު ވިދާޅުވި އެވެ.